ގައުމު ދޫކޮށް ފިލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޝައިނީ މިހެން ވިދާޅުވީ އިއްޔެ ހަވީރު އާއިލާއާ އެކު ކޮލޮމްބޯއަށް ވަޑައިގަތުމުން މީސް މީޑިއާގައި ޝައިނީ ފިލިކަމަށް ބުނެ ފަތުރަމުން ދާ ވަހާކަ ގޮގުކޮށް މިއަދު ކުރި ޓްވީޓެއްގަ އެވެ.

ޝައިނީ ޓްވީޓްގައި ވިދާޅުވީ ރައިސް އަބްދުﷲ ޔާމިންގެ ފަހަތްޕުޅުގައި ގައުމަށް ހިދުމަތް ކުރެއްވުމުން ފަހުރުވެރިވާ ކަމަށާއި އަދި ކުރެވުނު މަސައްކަތްތަކާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ ގައުމުދެކެ ލޯބިވޭ، ލިބޭ ކޮންމެ ފުރުސަތެއްގައި ގައުމަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނާން" މި ސަރުކާރުގެ އިކޮނޮމިކް ކައިންސިލްގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވަނީ ދަދި ފަހުން ބޭއްވި ޕީޕީއެމް ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކޮށް ނާކާމިޔާބު ވެފަ އެވެ.