BREAKING NEWS: Raees Yameen Gaumaa mukhaathabu kuravvanee
BREAKING NEWS: Raees Yameen Gaumaa mukhaathabu kuravvanee

Last Updated:
7 year 1 month ago

އަޅުގަނޑު ކުރާ ކަމެއް ކުރަނީ ރައްޔިތުންނަށް ހައްގުތައް ހޯދައިދޭން: ރައީސް

    ބުލޮގު ޚުލާސާ

    1:05 ރައީސް ޔާމީން ގައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވައިފި.

    1:04 "އަޅުގަނޑު ކުރާ ކަމެއް ކުރަނީ ރައްޔިތުންނަށް ހައްގުތައް ހޯދައިދޭން"

    ރައީސް ޔާމީން

    1:03 "އިންސާފުވެރި އަދުލުގެ ނިޒާމެއް ގާއިމް ކުރަން މި ރައީސް މަސައްކަތް ކުރިތޯ ވިސްނަވާ، އަދުލު އިންސާފުގެ ނިޒާމު މިނިވަންކޮށް ހިންގިތޯ ވިސްނަވާ، ކޯޓުތަކަށް މިނިވަންކޮށް މަސައްކަތް ކުރަން ފުރުސަތު ދިންތޯ ވިސްނަވާ. އަޅުގަނޑު އެދެނީ ގައުމީ ސަލާމަތަށް އިސްކަން ދެއްވަން"

    ރައީސް ޔާމީން

    1:00 "އަޅުގަނޑު ހިތުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ތިބޭ ބޭފުޅުންގެ ހިދުމަތްތަކާ މެދު ރައްޔިތުން ވިސްނާނެ. އަޅުގަނޑާ ދޭތެރޭ ވިސްނާ ބޭފުޅުން، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެވުންތޯ ވިސްނަވާ"

    ރައީސް ޔާމީން

    1:00 "މުޅި ގައުމުގެ ހައްގުގައި ދައުލަތުގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކޮށްފަ އޮންނަނީ. އިންސާފުވެރިވާންވީ ހަމަ އެކަނި ޖިނާއީ އަދުލަކު ނޫން"

    ރައީސް ޔާމީން

    12:59 "އަޅުގަނޑަށް މުހިންމީ ގައުމު"

    ރައީސް ޔާމީން

    12:58 "ވެރިކަމުގެ ފަހު ދުވަސްކޮޅު އަޅުގަނޑު ރައްޔިތުންނަށް ހާއްސަކޮށް އަޅުޑަށް ވޯޓު ދެއްވި ބޭފުޅުންނަށް ޝުކުރު ދަންނަވަން"

    ރައީސް ޔާމީން

    12:57 "އަޅުގަނޑު ހުރިހާ ކަމެއްވެސް ކުރަމުން ގެންދެވޭތޯ ބެލީ އުސޫލުތަކުގެ ތެރެއިން. އެކަން ބަދަލުވެގެން ދާތަން އެބަފެނޭ"

    ރައީސް ޔާމީން

    12:55 "ހިތާމަޔާ އެކީ އަޅުގަނޑު ފާހަގަ ކުރަން ޖެހެނީ އަޅުގަނޑުގެ ވެރިކަމުގައި، ފަހު ދުވަސް ކޮޅުވެސް ސިޔާސީ ލީޑަރުން އިސްކޮށްފައި މިވަނީ އަމިއްލަ މަސްލަހަތުކަން"

    ރައީސް ޔާމީން

    12:55 "މީހުންގެ ވިސްނުން ބަދަލުވެގެން ދިއުމާ ދެކޮޅަށް ފިޔަވަޅު އަޅަން އަޅުގަނޑު ވަނީ ނުކުޅިދިފައި"

    ރައީސް ޔާމީން

    12:54 "މިހުރިހާ ކަމެއް ވެގެންދާއިރުވެސް އަޅުގަނޑަށް ގަބޫލު ކުރަން ދަތިވި ކަމަކީ، ނުވިސްނުން ކަމަކީ މީހުން ދަސް ނުވުން. އަޅުގަނޑަށް ފަސް އަހަރުވީ އިރުވެސް ދަހެއް ނުވި މީހުންގެ ވިސްނުން މި ބަދަލުވަނީ ކީއްވެގެން ކަމެއް. ވިސްނުން ބަދަލުވަނީ ކޮންކަހަލަ ނުފޫޒަކުންކަން ދަހެއް ނުވި"

    ރައީސް ޔާމީން

    12:45 "ސަރުކާރުގެ ހުރިހާ ސިޔާސަތެއްގެ އަސްލަކަށް ވެފައި ވަނީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރުން ސަރުކާރުގައި މި ހޭދަ ކުރީ ފަސޭހަ ފަސް އަހަރެއް ނޫން"

    ރައީސް ޔާމީން

    12:43 "ދާހިލީ ކަންކަމަށް ކޮމަންވެލްތުން ފާޑު ކިޔަމުން ދިޔަ މިންވަރުން ކޮމަންވެލްތުން ވަކި ވުމަކީ ކުރަން ޖެހުނު ކަމެއް"

    ރައީސް ޔާމީން

    12:52 "މުޅިދުނިޔެ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުން އަޅުގަނޑުމެން މިވަނީ ޖާގަ ހޯދާފައި"

    ރައީސް ޔާމީން

    12:51 "އަޅުގަނޑުމެންގެ ގާތް ގައުމަތަކުގެ ގޮތުގައި ވެފައި މިވަނީ އަރަބި އިސްލާމީ ގައުމުތައް. އެހެންނަމަވެސް ހުރިހާ ގައުމަކާވެސް ގުޅުން ބަދަލި ކޮށްފައިވާނެ"

    ރައީސް ޔާމީން

    12:50 "ބޭރުގެ ބަޔަކަށް ދިވެހިންގެ އެއާޕޯޓު ދީފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އަޅުގަނޑު މަސައްކަތް ކުރީ އިސްތިގުލާލު ދަމަގައްޓަން އަޅުގަނޑުމެންގެ ދައުލަތަކީ ހުރިހާ ދައުލަތަކާ ގާތްކަން ބޭއްވި ދައުލަތެއް"

    ރައީސް ޔާމީން

    12:47 "އަޅުގަނޑު މަސައްކަތް ކުރީ ގައުމުގެ އިސްތިގުލާލު ދަމަހައްޓަން. ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން. ސިޔާދަތު ދަމަހައްޓަން"
    ރައީސް ޔާމީން

    12:45 "އަޅުގަނޑު ރަސްމީ ހައިސިއްޔަތުން ދުރަށް ދާއިރު އަޅުގަނޑުގެ ސިޔާސަތުގެ ވާހަކަ ދައްކާލަން މި ބައްދަލު ކޮށްލީ"
    ރައީސް ޔާމީން

    ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދިވެހި ގައުމާ މުހާތަބު ކުރައްވާ މިއަދު 12:45 ގައި ވާހަކަފުޅު ދައްކަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

    ރިޔާސީ އިންތިހާބަށް ފަހު ރައީސް ޔާމީން ގައުމާ މުހާތަބު ކުރައްވާ މިއީ ދެވަނަ ފަހަރެވެ. އެެންމެ ފަހުން ވާހަކަފުޅު ދެއްކެވީ ސެޕްޓެމްބަރު 24 ވަނަ ދުވަހުއެވެ.

    އެދުވަހު ގައުމާ މުހާތަބު ކުރައްވާ ވާހަަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށާއި ބަލި ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

    އޭގެ ފަހުން ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

    12:47ފާތިމަތު ސައީދު

    "އަޅުގަނޑު މަސައްކަތް ކުރީ ގައުމުގެ އިސްތިގުލާލު ދަމަހައްޓަން. ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން. ސިޔާދަތު ދަމަހައްޓަން"

    ރައީސް ޔާމީން

    12:45

    "އަޅުގަނޑު ރަސްމީ ހައިސިއްޔަތުން ދުރަށް ދާއިރު އަޅުގަނޑުގެ ސިޔާސަތުގެ ވާހަކަ ދައްކާލަން މި ބައްދަލު ކޮށްލީ"

    ރައީސް ޔާމީން

    12:42