18 Oct 2018, 08:42
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ އާއި އޭނާގެ ލޯބިވެރިޔާ ކްރިސްޓިއަން ކަރިނިޔޯ އާ އެންގޭޖްވެއްޖެ އެވެ.
އުމުރުން 32 އަހަރުގެ ލަވަކިޔުންތެރިޔާ ގާގާ 49 އަހަރުގެ ކަރިނިޔޯ އާއި އެންގޭޖްވީ މިދިޔަ ހޯމަ ދުވަހުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެންގޭޖްވުމަށް ފަހު ވާހަކަދައްކަމުން ގާގާ ބުނީ ކަރިނިޔޯ އަކީ އޭނާ ވަރަށް ލޯބިވާ މީހެއް ކަމަށާއި އޭނާގެ ހުރިހާ ކަމެއްގައި ވެސް އެންމެ ބޮޑަށް އެހީތެރިވެދެނީ އޭނާ ކަމަށެވެ.
Lady Gaga confirms her engagement to Christian Carino last night as she thanks him as her "fiance" during her Women in Hollywood speech!pic.twitter.com/u0Kqy6zN0k
— Lady Gaga Media ⭐️ (@GagaMediaDotNet)October 16, 2018
ގާގާ އާއި ކަރިނިޔޯ ލޯބީގެ ގޮތުން ގުޅިފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ގާގާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އެމެރިކާގެ އެކްޓަރު އަދި މޮޑެލް ޓައިލާ ކިނީ އާ އެވެ. އެ ދެމީހުން އެންގޭޖްވެ، އެ އެންގޭޖްވުން ރޫޅާލާފައިވަނީ 2016 ވަނަ އަހަރުގަ އެވެ.