22 Sep 2011, 18:32
ހިއުމަން ރިސޯސް މިނިސްޓްރީގެ ލޭބާ ސެކްޝަނުން ހިދުމަތް ހޯދުމަށްފަހު ނުކުމެގެންދިޔަ މީހަކު އެތަނުގެ ބިއްލޫރި ގަނޑެއްގައި ޖެހި، އޭނާގެ ނިތްކުރި މަތި ވަރަށް ބޮޑަށް ފަޅައިގެން ގޮސްފި އެވެ.
ސަން އަށް މައުލޫމާތު ދެމުން މަންޒަރު ދުށް މީހަކު ބުނީ، އެމީހާ ކައުންޓަރުން ހިދުމަތް ހޯދާ ނިމިގެން ނުކުންކަން ދިޔައީ ވަރަށް ބާރަށް ކަމަށާއި ނުކުންނަން ދިޔަ ވަގުތު އޮޅިގެން ބިއްލޫރިގަނޑުގައި ޖެހުނީ ކަމަށެވެ. ބިއްލޫރިގަނޑު ވަނީ ތަޅައިގެންގޮސްފަ ކަމަށް ވެސް އޭނާ ބުންޏެވެ.
"އޭނަ ނުކުންނަންވެގެން ބާރު ސްޕީޑުގައި ދިޔައީ. ދޮރުކަމަށް ހީކޮށް އޮޅުމަކުން އެތާގެ ބިއްލޫރި ގަނޑާ ހަމަޔަށް ބާރުު ސްޕީޑްގައި ދެވުމުން ބިއްލޫރި ގަނޑުގައި ޖެހިފައި ބިއްލޫރި ގަނޑު ތަޅައިގެން އެމީހާގެ ނިތްކުރި ވަރަށްބޮޑަށް ފަޅައިގެން ގޮސްފަވަނީ." އެމީހާ ބުންޏެވެ.
އަދި އެތަނުގެ ތިބި މީހުންގެ އެހީތެރިކަމާއެކު އޭނާ ވަނީ ވަގުތުން އައިޖީއެމްއެޗް އަށް ގެންގޮސްފަ ކަމަށް ވެސް އޭނާ ބުންޏެވެ.
އައިޖީއެމްއެޗް ގެ މީޑިއާ އޮފްޝަލް ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ، އެމީހާ އައިޖީއެމްއެޗަށް ގެނައި ކަމަށާއި، ބޭސް އެޅުމަށްފު މިހާރު ދޫކޮށްލާފަވާކަމަށެވެ. އަދި އެއްވެސް ކަހަލަ ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ޒީނަތު ވިދާޅުވި އެވެ.