ގާތްގަނޑަކަށް އެއްގަޑިއިރަށް ޔޫޓިއުބްގެ ހިދުމަތް މެދުކެނޑުމަށްފަހު އަލުން ހިދުމަތް ދޭން ފަށައިފިއެވެ.

ޔޫޓިއުބްގެ ހިދުމަތް މިއަދު މެދުކެނޑުނުއިރު ބައެއް ޔޫޒަރުންނަށް އިންޓާނަލް އެރާ މެސެޖެއް ލިބުނެވެ. އަނެއް ބައި މީހުންނަށް ޔޫޓިއުބަށް ވަނުމުން ލިބުނު މެސެޖަކީ މައްސަލައެއް އުޅޭ ކަމަށާއި ފަހުން އަލުން އައުމަށް ބުނެ ލިބުނު މެސެޖެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކު ބޭނުންކުރާ ވީޑިއޯ ސްޓްރީމިން ވެބްސައިޓަށް ދިމާވި މައްސަލަ ގަޑިއެއްހާ އިރުގެ ތެރޭގައި ހައްލުކޮށްފައިވާއިރު ހިދުމަތް މެދުކެނޑުމާއެކު އެތައް ބަޔަކުވަނީ ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކޮށްފައެވެ.

ޔޫޓިއުބް ޑައުންވީ ސީދާ ކީއްވެކަމެއް އަދި ނޭނގެއެވެ. ޔޫޓިއުބް ޑައުންވުމާއެކު ވީގޮތް ބަލަން ގިނަ ބަޔަކު ވަނީ ފޭސްބުކް އަދި ޓްވިޓާ ފަދަ ޕްލެޓްފޯމުތައް އިހުތިޔާރުކޮށްފައެވެ.