ބ. އަތޮޅުގެ ފަޅު ދެ ރަށެއް 10 އަހަރަށް ވަރުވާއަށް ދޫކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބ. އަތޮޅުން ވަރުވާއަށް ދޫކޮށްފައިވަނީ އެ އަތޮޅު ގެމެންދޫއާއި ދަކަންދޫ ކިޔާ ދެ ފަޅު ރަށެކެވެ. އެ ރަށްވެސް ދޫކޮށްފައިވަނީ ޅ. ހިންނަވަރު، ކަޝްމީރުގެ، އިބްރާހީމް ރާމީ ކިޔާ މީހަކަށެވެ.

އެ ދެ ރަށް ވަރުވާ އަށް ދޫކޮށްފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެެވެ.

ވަރުވާއަށް ދޫ ކުރި ދެ ރަށުގެ ތެރެއިން ގެމެންދޫ އަކީ ބ. ކެންދޫ ކައިރީގައި އޮންނަ ރަށެކެވެ. މިއީ 1.18 ހެކްޓަރުގެ ރަށެކެވެ. އެރަށް މީގެ ކުރިން ެ ކެންދޫގެ މީހުން ދިޔައީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރަމުންނެވެެ.

އަދި ދަކަންދު އަކީ 6.50 ހެކްޓަރުގެ ބޮޑު ފަރެއް އޮންނަ ރަށެކެވެ.

ވަރުވާއަށް ދޫކުރި ދެ ރަށްވެސް ފިޝަރީޒް މިނިސްޓްރީން އިއުލާންކޮށް ހުޅުވާލީ ވަކިވަކިންނެވެ. އެގޮތުން ދަކަންދޫ ވަރުވާއަށް ހުޅުވާލީ މިއަހަރުގެ މާޗްމަހުގެ 20 ވަނަ ދުވަހުއެވެ. އަދި ގެމެންދޫ ވަރުވާއަށް ހުޅުވާލީ މިއަރުގެ އޭޕްރީލްމަހުގެ 10 ވަނަ ދުވަހުއެވެ.

އެ ދެ ރަށުގެ އިތުރުން އިތުރު 24 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.