އިނގިރޭސި ރާނީ އެލިޒަބެތު ދެވަނައިގެ މާމަ ދަރިކަލުން ޕްރިންސް ހެރީ 34، އާއި އޭނާގެ އަނބިކަނބަލުން މޭގަން މާކަލް 37، އަށް ދަރިއަކު ލިބެން އުޅޭކަމަށް ޝާހީ އާއިލާ އިން އިއުލާންކޮށްފި އެވެ.

ކެންޒިންގްޓަން ޕެލެސް އިން އެ ޚަބަރު އިއްޔެ ވަނީ ކަށަވަރުކޮށްދީފަ އެވެ. އާއިލާ އިން ރައްޔިތުންނާ ބައްދަލުކޮށް އެކަން އިއުލާންކުރި އިރު ޝާހީ އާއިލާ އިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

މި އަހަރުގެ މެއި މަހު ޕްރިންސް ހެރީ އާއި މޭގަން ވަނީ ކައިވެނި ކައިވެނިބައްލަވައިގެންފަ އެވެ.

މޭގަން އަށް ދަރިއަކު ލިބެން އުޅޭކަމުގެ ޚަބަރު ފެތުރެމުން އައި ދުވަސްވަރު އެކަން ކަށަވަރުކޮށްދީ އެ އާއިލާ އިން ބުނީ އެ އާއިލާ އަށް އިތުރު މެންބަރަކު އުފަންވާތީ އުފާވާ ކަމަށެވެ.

މޭގަން ވިހާނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ އަހަރުގެ މެދުތެރޭ ހިސާބުގަ އެވެ.