15 Oct 2018, 21:10
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ދައުވަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސައުދީ އަރަބިއާއަށް ވަޑައިގެންފި އެވެ.
ނަޝީދު ސައުދީއަށް ވަޑައިގެންނެވި ސަބަބެއް އަދި ހާމައެއް ނުކުރައްވަ އެވެ. ނަޝީދާއެކު ކުރީގެ ފޮރިންގް މިނިސްޓަރު އަހުމަދު ނަސީމުވެސް ވަނީ ސައުދީ އަރަބިއާއަށް ވަޑައިގެންފަ އެވެ.
އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ކޯލިޝަނުން އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނިކޮށް ރައީސް ނަޝީދަށް ސައުދީއަށް ވަޑައިގަތުމުގެ ދައުވަތު ދެއްވުނީ ރާއްޖެއާ ސައުދީއާ ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތަކަކަށް ކަމަށް ބެލެވެ އެވެ.
ތޭރަ އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވައި ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަނެ ނަޝީދުވަނީ ބޭރުގެ ހިމާޔަތް ހޯއްދަވާފަ އެވެ. އަދި ވޭތުވެ ދިޔަ ތިން އަހަރު ހޭދަ ކުރެއްވި ޔޫކޭ އަދި ސްރީލަންކާގަ އެވެ.
ނަޝީދު އެނބުރި ރާއްޖެ އަންނާނެ ކަމަށް އިއުލާނު ކުރައްވާފައިވަނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.