ސޯޝަލް މީޑިއާ ނެޓްވޯކް، ފޭސްބުކް އަށް ހެކަރުންގެ އުނދަގޫ ކުރިމަތިވިނަމަވެސް އެމީހުންނަށް އިތުބާރުކުރުމަށް ފޭސްބުކް އިން އެދިއްޖެއެވެ.

ފޭސްބުކް ހެކްކޮށް، އެ ނެޓްވޯކު ބޭނުންކުރާ އެތައް ބަޔެއްގެ އެކައުންޓުން އެމީހުންގެ ޒާތީ މައުލޫމާތު ވަނީ ފޭރިގަނެފައެވެ އެންމެފަހުން ފޭސްބުކް އިން އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ ސެޕްޓެމްބަރު މަހުވެސް 30 މިލިއަން އެކައުންޓް ހެކުކޮށް 29 މިލިއަން މީހެއްގެ ޒާތީ މައުލޫމާތު ފޭރިގަނެފައިވާ ކަމަށެވެ.

ޔޫޒަރުންގެ މައުލޫމާތު ފޭރިގަތުމުގެ މައްސަލަ ސީރިއަސްކޮށް ބަލާކަމަށޤ ފޭސްބުކް އިން ބުނެއެވެ. އަދި އެފަދަ ކަންތައް ތަކުރާރު ނުވާނޭހެން ކަންތައް ބައްޓަން ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް ސެކިއުރިޓީ ފީޗާތައް އަޕްގްރޭޑުކުރުމުގެ ނަތީޖާ އަދި ނުފެނެއެވެ.

ފޭސްބުކްގެ ޕްރައިވަސީގެ މައްސަލަ އަކީ ހައްލެއް ގެނެވޭނެ މައްސަލައެއްތޯ ސުވާލު އުފައްދާފައިވަނިކޮށް ފޭސްބުކްގެ އެކައުންޓުތަކެއްގެ ޑޭޓާ ފޭރިގަތުން ވަނީ ގަބޫލު ނުކުރެވޭވަރުގެ ކަމަކަށް ވެފައެވެ. ހާއްސަކޮށް ތަކުރާރުކޮށް ޑޭޓާ ޕްރައިވެސީގެ މައްސަލަތައް ދިމާވަމުން ދަނިކޮށް އަދިވެސް ފޭސްބުކަށް އިތުބާރު ކުރަން ބުނުން ވެފައިވަނީ ޖޯކަކަށެވެ.