13 Oct 2018, 12:32
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރާއްޖޭއްގެ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ނިންމާފައިވާ ނިންމުންމަށް އިހުތިރާމް ނުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ކަމުގެ އިންޒާރު އެމެރިކާ އިން ދީފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ދެކުނު އަދި މެދުތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ޕާސަން ރޮބަޓް ޕައްލަޑީނޯ މިއަދު ނެރުއްވި ވީޑިއޯ ބަޔާނެއްގައި ވިދާޅުވީ، އިންތިޚާބަށް ފަހު ރާއްޖޭގައި ކަންކަން ހިނގާ ގޮތުން ކަންބޮޑުވާ ކަމަށެވެ.
ޕައްލަޑިނޯ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަލައްވަން ޖެހިވަޑައިގެންނެވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވައި އިންތިޚާބު ބާތިލުކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާތީ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް އެކި ކަހަލަ ބިރު ދައްކަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ބާތިލުކުރުމަށް އިންތިހާބުގައި ނާކާމިޔާބުވެވަޑައިގަތް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހަޅުއްވާފައިވާއިރު، ޕައްލަޑީނޯ ވިދާޅުވީ، ވެރިކަމުގެ ބާރުތައް ބަދަލުކުރުމަށް ކުރާ ކަންކަމަށް ހުރަސް އަޅައި، އެއްބާރުލުން ނުދޭ ނަމަ ފިޔަވަޅު އަޅަން ޖެހޭ ކޮންމެ ބަޔަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލަ މިހާރު ވަނީ އަންނަ އާދިއްތަ ދުވަހަށް ޝެޑިއުލް ކޮށްފަ އެވެ. ނަމަވެސް އެމެރިކާ އިން ބުނީ އަންނަ މަހުގެ 17 ވަނަ ދުވަހު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރެއްވުން ލަސްކޮށް ނުވަތަ ހުރަސް އަޅާ ނަމަ އެމެރިކާ އިން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުން ނަފީވާނެ ގޮތަކަށް ރާއްޖޭގެ އެއްވެސް ފަރާތަކުން އަމަލުކޮށް ޑިމޮކްރަސީގެ ހަމަތަކާ ދެކޮޅު ހަދައި ސަރުކާރު ބަދަލުކުރުމުގެ މަރުހަލާއަށް ހުރަސްއަޅާ ނަމަ އެއީ އެމެރިކާ އާއި މުޅި ދުނިޔެ ވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގާނެ ކަމަށް ޕައްލަޑީނޯ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނެ ބޮޑެތި ތުހުމަތުކައެއް ޕީޕީއެމް އިން ދަނީ އީސީގެ މައްޗައް ކުރަމުންނެވެ. އަދި އެކަމާ ގުޅިގެން އެ ޕާޓީގެ ބައެއް މެމްބަރުން އެ ޕާޓީ އޮފީސް ކުރިމަތީގައި ސިލްސިލާ މުޒަހާރަތަކެއް ވެސް ދަނީ ކުރަމުންނެވެ. ނަވެސް އިސީ އިން އެ ތުހުމަތުތައް ދޮގު ކުރެ އެވެ.
އިންތިހާބު ބާތިލް ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމްކޯޓަށް މައްސަލަ ހުށައެޅުއްވީ އިންތިހާބުގެ ނަތީޖާ ގަބޫލު ވެސް ކުރުމަށް ފަހު އެވެ. ނަތީއްޖާ ގަބޫލު ކުރުމަށް ފަހު، އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ދޭހަވާ މޭރުމަކުން ޕިޕީއެމް އިން ބޭއްވި މުޒަހާރާގެ ފުރަތަމަ ރޭ ރައީސް ޔާމިން ވަނީ ވާހަކަ ދައްކަވައިފަ އެވެ.