މިއަންނަ މަހު 11 ވަނަ ދުވަހު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ.

ނަޝީދު މިހެން ވިދާޅުވި އިރު ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް އިންތިހާބުން ނާކާމިޔާބު ވެވަޑައިގެންނެވި މިހާރުގެ ރައީސް އަބްދުﷲ ޔާމިން އިއްޔެ ވާނީ ސުޕްރީމް ކޯޓަށް އެމަނިކުފާނުގެ ފަރާތުން މައްސަލަ ހުށަައަޅުއްވައިފަ އެވެ. އަދި މި މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފަ އެވެ.

ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިންތިހާބު ބާތިލް ކުރުމަށް "އުފެއްދި ދޮގު ހެކީ"ގެ ތެރޭގައި ފުލުހުން ގެ "ދޮގު އިންޓެލިޖެންސް" ރިޕޯޓެއް ނުހިމެނޭ ކަމަށް ފުލުންގެ ބަޔާނެއް ވަރަށް މުހިންމު ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނެ ބޮޑެތި ތުހުމަތުކައެއް ޕީޕީއެމް އިން ދަނީ އީސީގެ މައްޗައް ކުރަމުންނެވެ. އަދި އެކަމާ ގުޅިގެން އެ ޕާޓީގެ ބައެއް މެމްބަރުން އެ ޕާޓީ އޮފީސް ކުރިމަތީގައި ސިލްސިލާ މުޒަހާރަތަކެއް ވެސް ދަނީ ކުރަމުންނެވެ. ނަމަވެސް އިސީ އިން އެ ތުހުމަތުތައް ދޮގު ކުރެ އެވެ. އިސީ އިން ބުނަނީ އަލުން ބެލުމުން ވެސް އިންތިހާބު ބާތިލް ކުރެވޭވަރު ކަމެއް ނެތް ކަމަށެވެ.

ދެހާސް ތޭރަ ވަނަ އަހަރު ރިޔާސީ އިންތިހާބު ތެރޭގައި ދިމާވީ މައްސަލަތަކާ ރައީސް ޔާމީން އަށް ހުވާ ކުރެވުނީ ނޮވެމްބަރު މަހު 17 ވަނަ ދުވަހު އެވެ.