Back
Nov 24, 2025 SUN
SUN

އިންތިޙާބު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ބަލައިގެންފި

އިންތިޙާބު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ބަލައިގެންފި
Lead photo

މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލުކުރުމަށް ސުޕްރީމު ކޯޓަށް ހުށައެޅި މައްސަލަ ބަލައިގެންފި ކަމަށް ސުޕްރީމްކޯޓުން ބުނެފި އެވެ.

ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި މިހާރުގެ ރައީސް އަބްދުﷲ ޔާމިން ހުށަހެޅުއްވި މި ދުސްތޫރީ މައްސަލަ ބަލައިގަތްކަން ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ފަރާތުން ރޭ ކުރި ޓްވީޓެއްގަ އެވެ.

އިންތިހާބު ބާތިލު ކުރުމަށް އެދި ރައީސް ޔާމިންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ގާނޫނީ ޓީމުން މި މައްސަލަ ހުށައެޅުއްވީ މިއަދު މެންދުރު އެވެ.

އިންތިޚާބު ބާތިލުކުރުމަށް ހުށަހަޅާފައި ވަނީ އިންތިޚާބުގެ ދާއިމީ ނަތީޖާ ވެސް އިއުލާނުކޮށްފައި ވަނިކޮށެވެ. އިންތިޚާބު ބާތިލުކުރާނެ އެއްވެސް ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައ ރައީސް ޔާމީންގެ ފަރާތްޕުޅުން މައްސަލަ ކޯޓަށް ހުށަހެޅުއްވުމަށް ފަހު އެމަނިކުފާނުގެ ވަކީލު އަދި ޖުޑީޝަލް ސާވިސެސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރުކަން ވެސް ކުރައްވާ (ރޭނިސް) މުހައްމަދު ސަލީމް ވިދާލުވީ ރައީސް އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ އެމަނިކުފާނުގެ ސަޕޯޓަރުންގެ ހައްގުގައި ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނެ ބޮޑެތި ތުހުމަތުކައެއް ޕީޕީއެމް އިން ދަނީ އީސީގެ މައްޗައް ކުރަމުންނެވެ. އަދި މިކަމާއި ގުޅިގެން އެ ޕާޓީގެ ބައެއް މެމްބަރުން އެ ޕާޓީ އޮފީސް ކުރިމަތީގައި ސިލްސިލާ މުޒަހާރަތަކެއް ވެސް ދަނީ ކުރަމުންނެވެ. ނަވެސް އިސީ އިން އެ ތުހުމަތުތައް ދޮގު ކުރެއެވެ.

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އަށް ބަލާއިރު އިންތިހާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިލެއްވީ 134،705 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 58.40 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ 41.6 ޕަަސެންޓެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics