މާރަމަރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ފަސް މީހަކު މިރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.

މި ފަސް މީހުން ހައްޔަރުކޮށްފައި ވަނީ ވަޅިތަކާ އެކު ހެންވޭރު ޕެޓްރޯލް ޝެޑް އިން އެވެ.

ފުލުހުން ބުނީ މާރާމަރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވާ އެ ސަރަހަދުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި ފަސް މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ފިހާރަ އަކުން ވަޅި ފަދަ ތަކެތި ގަތުމަށް ފަހު، ވަޅިތަކާ އެކު ކާނިވާ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑުން ޕެޓްރޯލް އަޅަން މަޑުކޮށްގެން ތިއްބައި ކަމަށެވެ. އަދި ފުލުހުން ފެނުމުން މި ފަސް މީހުން ފިލަން މަސައްކަތް ކުރި ކަމަށް ފުލުހުން މައުލޫމަތު ދެ އެވެ.

މިހާރު ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުން ނެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.

މަރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ފަސް މީހަކު މިރޭ ހައްޔަރު ކުރި، މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގައި އޮލިމްޕަސް ކައިރިން ވަނީ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފަ އެވެ.