22 Sep 2011, 15:28
މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫން ހައްޔަރު ކުރި މީހެއްގެ މުއްދަތު އިތުރު ކުރުމަށް ފަހު ތަހުގީގަށް މާލެ ފޮނުވާލައިފި އެވެ.
ފުލުހުން ބުނީ ބަންދުގެ މުއްދަތަށް 15 ދުވަސް އިތުރު ކުރުމަށް ފަހު ސ. ފޭދޫ ހީނާމާގޭ އަލީ ނާޒިމް 29، ތަހުގީގަށް ރޭ މާލެ ފޮނުވާފައިވާ ކަމަށެވެ. އަދި ނާޒިމް އެއަތޮޅު ގަމުން 20 ބްލެޓްއާ އެކު މިމަހުގެ ހަތް ވަނަ ދުވަހު ހައްޔަރުކޮށްފައިވާ އިރު އެ އެއްޗެހީގެ މަގުމަތީ އަގު 200،000 ރ. އަށް އަރާނެ ކަމަށެވެ.
މަސްތުވާތަކެއްޗާ އެކު ނާޒިމް ހައްޔަރު ކޮށްފައި ވަނީ އައްޑޫގައި ތިބި ފުލުހުންނާއި ޑްރަގް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގަ އެވެ.
ފުލުހުން ބުނެފައި ވަނީ އައްޑޫގައި ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ހައްޔަރު ކުރާ މީހުންގެ ބައެއް މައްސަލަތައް ނިންމާ ޝަރީއަތް ކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ.