08 Oct 2018, 12:19
އިލެކްޝަންގެ ރައީސް އަހްމަދު ޝަރީފް، ރާއްޖެ ވަޑައިގެން އުޅުއްވާ ވީލާތު އިއްތިހާދުގެ ވަފުދާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުން ކުރިއަށް ދިޔައީ އިލެކްޝަން ކޮމިޝަން (އީސީ) ގެ އިދާރާގައި މިއަދު ހެދުނު އެވެ. ޔޫރަޕް އިއްތިހާދުގެ މި ވަފުދުގައި އެ އިއްތިހާދު ގެ އެމްބަސަޑަރ ޓަންގ-ލައި މާގް ހިމެނެ އެވެ.
އިސީ ގެ ރަސްމީ ޓްވީޓާ އެކަންޓްގައި ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ބައްދަލު ކުރެއްވުމުގައި އިންތިހާބު އޮޅުވާލި ކަމަށް ވެރިކަންކުރާ ޕާޓީ އިން ކުރާ ތުހުމަތުތަކާއި އަދި އިންތިހާބުގެ ނަތިއްޖާއަށް ފަހު އިސީ ގެ މެބަރުނަށް ދޭ އިންޒާރާއި ބިރުދެއްކުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
EC met with the Ambassador of the Delegation of the EU, Tung-Laï Margue regarding the allegations and threats upheaved after declaring PE 2018 resultpic.twitter.com/jdqpoiokNm
— Elections Commission (@ElectionsMv)October 8, 2018
ރިޔާސީ އިންތިހާބުގައި އީސި އިން ވޯޓު އޯޅުވާލާ ބޮޑެތި ތުހުމަތުތަކެއް ޕީޕީއެމް ދަނީ ކުރަމުންނެވެ. އަދި ކޮންމެ ރެޔަކު ސިލްސިލާ މުޒާހަރާތަކެއްވެސް އެ ޕަޓީ އޮފީސް ކުރިމަތީ ކުރެ އެވެ. ނަމަވެސް އިސީ އިން އެ ތުހުމަތުތައް ދޮގުކުރެއެވެ.
އިންތިހާބު ގެ ނަތިއްޖާ ގަބޫލު ކުރެއްވުމަށް ފަހު ވޯޓުގައި އޮޅުވާލުންތަކެއް ހުރި މޭރުމަކުން ރައިސް އަބްދުﷲ ޔާމިން ވެސް ވަނީ މުޒާހަރާގެ ފުރަތަމަ ރޭ ވާހަކަ ދައްކަވާފައެވެ.
ވިލާތުގެ އިއްތިހާދުން ވަނީ އިއްޔެ ފޮރިން މިނިސްޓަރ ޑރ. އާސިމް އާ ވެސް ބައްދަލު ކުރައްވާފައެވެ.