08 Oct 2018, 09:05
ކ. ޅޮހިފުށީގައި ހިންގާ އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުގެެ ވޯޓާ ވިލާތަކެއްގައި ރޯވެއްޖެ އެވެ.
ރޭ މެންދަމު ދޭއް ޖަހާ އެހާކަންހާއިރު ހިނގި އެ ހާދިސާގައި އެ ރިސޯޓުގެ ތިން ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އަދި އިތުރު ކޮޓަރިއަކަށް އަލިފާނުގެ އަސަރު ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
އެ އަލިފާންގަނޑު ނިންވާލާފައި ވަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އާއި ހުދުރަންފުށި ފަޔާ ސްކޮޑުގެ މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުން ރޭ ފަތިހު 4:30 ހާއިރު އެވެ.