07 Oct 2018, 12:41
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް، ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދާ ބައްދަލު ކުރައްވައިފި އެވެ.
މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވެސް ބައިވެރިވެ ލެއްވި އެވެ.
އިބޫ ޕޮލިސް ކޮމިޝަނަރު ހަމްދޫން އާ ބައްދަލުކުރެއްވި އިރު، ހަމްދޫން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކޮށްފައި ވަނީ ރިޔާސީ އިންތިހާބަށް ފަހު އެވެ. އޭގެ ކުރިން ފުލުހުންގެ އިސްވެރިއަކަށް ހުންނެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒެވެ. އިބޫ އިންތިހާބު ކާމިޔާބު ކުރެއްވުމުން އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ ހައިސިއްޔަތުން ނަވާޒު ވަނީ އިބޫ އާ ބައްދަލު ކުރައްވައިފަ އެވެ.
ހަމްދޫނު ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަނު ކުރެއްވުމުގެ ކުރިން މަގާމުގައި ހުންނެވި އޭސީޕީ ނަވާޒު ވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ނައިބަކަށް ބަދަލުކޮށްފަ އެވެ.