07 Oct 2018, 09:34
އިލެކްޓްރޯނިކްސް ކުންފުނި ސެމްސަންގަށް ރެކޯޑު އަދަދަކަށް ފައިދާ ލިބިއްޖެ އެވެ.
މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ސެމްސަންގަށް 15.5 ބިލިއަން ޑޮލަރުގެ ފައިދާ އެއް ލިބިފައިވާ އިރު ރެވިނިއުގެ ގޮތުގައި ވަނީ 57.7 ބިލިއަން ޑޮލަރު ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ ބަލާ އިރު 20 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު ފައިދާ އަށް ވުރެ 12 ޕަސެންޓުގެ ކުރިއެރުމެކެވެ.
ސެމްސަންގުގެ އާމްދަނީގެ އިތުރ ތަފްސީލު އަދި އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
ސެމްސަންގަށް ރެކޯޑް ފައިދާ އެއް ލިބިފައިމިވަނީ ސެމްސަންގު ގެލެކްސީ އެސް9 އަށް ފިނި ތަރުހީބެއް ލިބިފައިވަނިކޮށެވެ. އަދި ވާދަވެރި އެޕަލް އިން ވަރުގަދަ ފޯނުތަކެއް ބާޒާރަށް ނެރެފައިވަނިކޮށެވެ.