05 Oct 2018, 15:16
ދުނިޔޭގައި ދޭ އެންމެ ޝަރަފްވެރިކަމުގެ އެވޯޑް ކަމަށްވާ ނޯބަލް އިނާމުގެ ތެރެއިން ސުލްހައިގެ އިނާމް މިފަހަރު ރޭޕާ ދެކޮޅަށް މަސައްކަތް ކުރި ދެ އެކްޓިވިސްޓަކަަށް ލިބިއްޖެ އެވެ.
ނޯބަލް ސުލްހައިގެ އިނާމް މިފަހަރު ލިބިފައި ވަނީ އިރާގުގެ ޔަޒީދީ ދަރިކޮޅުގެ އެކްޓިވިސްޓް ނާދިއާ މުރާދު އަދި ކޮންގޯގެ ގައިނަކޮލޮޖިސްޓެއް ކަމަށްވާ ޑެެނިސް މުކްވެގެއަށެވެ.
ނާދިއާއަކީ، އިރާގުގައި ހަރަކާތްތެރިވި ހައްދު ފަހަނައަޅާފައިވާ އިސްލާމިކް ސްޓޭޓް އައިއެސްގެ މެމްބަރުންގެ ރޭޕްގެ ޝިކާރައަކަށްވީ އަންހެނެކެވެެ. ނަމަވެސް ފަހުން އައިއެސްގެ އަތްދަށުން ސަލާމަތްވުމުން، އެ ޖަމާއަތުގެ ރޭޕްގެ ޝިކާރައަަށްވީ އެހެން އަންހެނުން ސަލާމަތްކޮށް އެމީހުންގެ ދިފާއުގައި ވަރަަށް ބޮޑަށް އޭނާ ވަނީ އަޑުއުފުއްލަވައިފަ އެވެ.
Watch the moment the 2018 Nobel Peace Prize is announced.
Presented by Berit Reiss-Andersen, Chair of the Norwegian Nobel Committee.pic.twitter.com/fIv2yWPxE6— The Nobel Prize (@NobelPrize)October 5, 2018
ސުލްހައިގެ އިނާމް ލިބިވަޑައިގެންނެވި ކޮންގޯގެ އެކްޓިވިސްޓް ޑެނިސް ވަނީ އެގައުމުގެ ހަނގުރާމަވެރި ގްރޫޕްތަކުގެ ރޭޕްގެ ޝިކާރައަށްވީ ގިނަ އަންހެނުންނަށް ފަރުވާ ދީފަ އެވެ. އަދި އެ އަންހެނުންނަށް ފަރުވާ ދިނުމަށް އޭނާ ވަނީ ޕަންޒީގެ ނަމުގައި ހޮސްޕިޓަލެއް ހުޅުވައި ހިދުމަތްވެސް ދީފަ އެވެ. ނަވާރަ ސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރު ހުޅުވި އެ ހޮސްޕިޓަލުގައި ކޮންމެ އަހަރުވެސް، ރޭޕްގެ ޝިކާރައަކަށް ވެފައިވާ އެތަކެއް ހާސް އަންހެނުންނަށް ވަނީ ފަރުވާ ދީފަ އެވެ.
ސުލްހައިގެ އިނާމް އެ ދެ އެކްޓިވިސްޓުންނަަށް ވެސް ހަވާލުކުރުމަށް ހަަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހު އެވެ.