01 Oct 2018, 16:54
އެކްޓިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އެސިސްޓެމްޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަޒާޒު އެންވަޔަރަމެންޓް މިނިސްޓްރީގެ ނައިބަކަށް ބަދަލުކޮށްފި އެވެ.
ނަވާޒު އެންވަޔަރަމެންޓް މިނިސްޓްރީގެ ނައިބަކަށް ބަދަލުކޮށްފައިވާއިރު ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ހަމްދޫން ރަޝީދު މިއަދު ވަނީ އައްޔަނު ކުރައްވައިފަ އެވެ.
#Breaking
Raeesuljumhooriyyaa, DCP ge maqaamugai hunnevi Abdullah Nawaz,@EnvGovMvge Deputy Minister ge maqaamah ayyanu kuravvaifi.— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV)October 1, 2018
އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އޭރު ޕޮލިސް ކޮމިޝަނަރުގެ ގޮތުގައި ކުރިން ހުންނެވި އަހުމަދު އަރީފް ވަނީ މަގާމުން ވަކިކުރައްވައިފަ އެވެ. އެއަށް ފަހު ފުލުހުންގެ އިދާރާ ހިންގެވުން އެންމެ ފުރަތަމަ ހަވާލު ކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީއާ އެވެ. ސައުދީ މަގާމުން ވަކި ކުރެއްވުމަށްފަހު ފުލުހުންގެ އިދާރާގެ ހިންގުން ނަޒާޒު އާ ހަވާލުކުރެއްވި އެވެ.
ފުލުހުންގެ މުވައްސަސާގެ ހިންގުމަށް މި ބަދަލު ގެނެސްފައިވާ އިރު އިންތިގާލީ މަރުހަލާގައި ވެރިކަން ބަދަލު ކުރުމުގެ މަސައްކަތްތައް ވެސް މިހާރު ވަނީ ފަށައިފަ އެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ ނަވާޒު ވަނީ ބައްދަލު ކުރައްވައިފަ އެވެ.