އެސްޓީއޯ އިން ވިއްކާ ތެލާއި ޑީސަލްގެ އަގު ބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން 20 ލާރި އަގު ބޮޑުކޮށްފައިވާ ކަމަށެވެ.

އަގަަށް ގެނައި ބަދަލާ އެކު މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކާނީ 10.97 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގަކީ 11.43 ރުފިޔާ އެވެ.

މިއީ މި އަހަރުގެ ތެރޭގައި ތެލުގެ އަގަށް ބަދަލު ގެނައި ފަސް ވަނަ ފަހަރެވެ.

އެސްޓީއޯ އިން ބުނީ ތެލާއި ޑީސަލްގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި އޭގެ އަގު ބޮޑުވުމާ ގުޅިގެން ކަމަށެވެ.

އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުންޏެވެ.