22 Sep 2011, 12:18
ސްވިމިން އެސޯސިއޭޝަނުން އޮފް މޯލްޑިވްސް އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ނުވަ ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް" މިއަދު ފެށުމަށް ހަމަޖެހިއްޖެ އެވެ.
މާލޭ ފަތާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ޖުމްލަ 5 އުމުރު ފުރައިން ޖުމްލަ 61 ފެތުންތެރިން ބައިވެރިވެފައިވެ އެވެ. އެއީ 35 ފިރިހެން ފެތުންތެރިންނާއި 26 އަންހެން ފެތުންތެރިންނެވެ.
މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތް މިއަދު ހަވީރު 4:00 ޖަހާއިރު ފަށާއިރު، މުބާރާތުގެ އިވެންޓުތައް ކުރިއަށްގެން ދިއުމަށް ހަމަޖެހިފައި ވަނީ މާދަމަ އެވެ. އެގޮތުން މާދަމާގެ އިވެންޓުތައް ފެށުމަށް ހަމަޖެހިފައި ވަނީ ހެދުނު 7:00 ޖަހާއިރު އެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރެވެ.