02 Jun 2010, 05:31
10:00
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކެވިން ރަޑްގެ ދަޢުވަތަކަށް، އޮސްޓްރޭލިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރޭ ފުރާވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ބޮޑުވަޒީރު ކެވިން ރަޑާއި، ގަވަރނަރ ޖެނެރަލް ކުއެންޓިން ބްރައިސްއާ ބައްދަލުކުރައްވާނ އެވެ. މީގެ އިތުރުން، އޮސްޓްރޭލިއާ ސަރުކާރުގެ އިސްވެރިންނާއެކު ވާހަކަފުޅުތައް ބާއްވަވާނެ ކަމަށާއި އަދި ކެންބަރާގައި ކިޔަވަންތިބޭ ދިވެހި ކުދިންނާ އެމަނިކުފާނު ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ އޮސްޓްރޭލިއާއަށް މިކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ޚަރަދުގެ ބޮޑުބައި ހަމަޖައްސަވައި ދެއްވަނީ އޮސްޓްރޭލިއާ ސަރުކާރުން ކަމަށާއި ދިވެހި ސަރުކާރުން ކުރެއްވުމަށް ހަމަޖެހިފައިވާ ޚަރަދަކީ، ރައީސުލްޖުމްހޫރިއްޔާގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން، އޮސްޓްރޭލިއާއަށް ވަޑައިގަތުމާއި އެނބުރިވަޑައިގަތުމުގެ ޓިކެޓް ޚަރަދު ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.