04 Sep 2018, 13:09
މާލޭ މަގުމަތިން އަންހެނެއްގެ އަތްދަބަސް ފޭރިގަތް މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
މި މައްސަލަ ބަލަމުންދާކަމަށް ފުލުހުން ހާމަކޮށްފައިވަނީ މިއަދު ކުރި ޓްވީޓެއްގައެވެ.
ސައިކަލެއްގައި ދުއްވާފައި ދިޔަ އަންހެނެއްގެ ސައިކަލު ކުރިމައްޗަށް އަރައި އަންހެންމީހާގެ އަތްދަބަސް ފޭރިގަންނަ މަންޒަރު ފެންނަ ވީީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
MPS is investigating the case of a street robbery where suspects are seen to be snatching a handbag from a female cyclist. Public is urged to refrain from sharing videos of such incidents on social media but forward relevant information to police for immediate action.
— Maldives Police (@PoliceMv)September 4, 2018
އެ ވީޑިއޯ އިން ފެންނަ ގޮތުން އަތްދަބަސް ފޭރިގަންނަނީ ދުވާލުގެ ވަގުތުގައި މަގުމަތީ މީހުން ބަލަން ތިއްބައެވެ. ނަމަވެސް އެއްވެސް މީހަކު އަންހެން މީހާ އަށް އެހީވާން އުޅޭ ތަނެއް ނުފެނެއެވެ.
މިފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުނުކޮށް މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މި ވީޑިއޯ އާންމުވުމާ އެކު، ދުވާލުގެ ވަގުތު މިފަދަ އަމަލުތައް ހިނގަނީ ފުލުހުންނަށް އަމާންކަން ގާއިމުކަން ނުކުރެވޭތީކަމަް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވަނީ ފާޑުކިޔާފައެވެ.