04 Sep 2018, 11:53
އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކުގައި ކުޑަކުދިން ބޭނުން ކުރާ ކަމަށް ބުނެ ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރި ކުރާކަމަށް ބުނެ ނިހާން އިއްޔެ ކުރެއްވި ޓްވީޓްގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް މަރުހަބާ ދަންނަވާ ތަނެއްގައި ކުޑަކުދިންތަކެއް ތިބި ފޮޓޯއެއް ވަނީ އާންމުކޮށްފައެވެ. ޓްވީޓުގައި ނިހާން ވިދާޅުވީ ކުޑަކުޑަކުދިން ލައްވައި މިކަހަލަ ސިޔާސީ މަސައްކަތް ކުރުން ހެޔޮނުވާނެ ކަމަށެވެ.
އަދި އެމައްސަލަ ބަލައިދިނުމަށް އިލެކްޝަންސް ކޮމިޝަނާއި އެޗްއާރުސީއެމް އަދި ޖެންޑާ މިނިސްޓްރީން ގައި ނިހާން ވަނީ އެދިވަޑައިގެންފައެވެ.
Kuda Kuda kudhin lahvvaa Mikahala Siyaasee Massakaiy Kurun heyo nuvaane.@ElectionsMvaai@hrcmvin adhi@Min_Gendermikan balan jeheyne kamah dheken.pic.twitter.com/1PUYl87y6s
— Ahmed Nihan (@ahmed_nihan)September 3, 2018
ނިހާން އެހެން ވިދާޅުވުމާއެކު އިދިކޮޅު ފަރާތްތަކުން ވަނީ ކުޑަކުދިންތަކެއް ޕީޕީއެމްގެ ރަނިންގް މޭޓް ޑރ މުހައްމަދު ޝަހީމް އަލީ ސައީދަށް މަރުހަބާ ދަންނަވާ ފޮޓޯތަކެއް ޓްވީޓް ކޮށްފައެވެ. އަދި ރައީސް ޔާމީނަށް ކުޑަކުދިން މަރުހަބާ ދަންނަވާ ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން ވަނީ ނިހާނަށް ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ.
އެއަށް ރައްދު ދެއްވައި ނިހާން އިތުރު ޓްވީޓެއްވެސް ކުރެއްވިއެވެ. ވިދާޅުވީ ޕީޕީއެމުން އަބަދުވެސް އެދެނީ 18 އަހަރު ނުވާ ކުޑަކުދިން ސިޔާސީ ހަރަކާތްތަކަށް ނުގެނައުން ކަމަށެވެ.
18 furifa@hrcmv@ElectionsMv@ahmed_nihanah mi foto ves dhakkabapic.twitter.com/2MsaAtlnL2
— TEAM MP SAUD ???? (@QaumeeRoohuga)September 3, 2018
"ނަމަވެސް އަތޮޅުތަކުގެ ރައްތަކުގައި ދަރިފުޅު ގޮވައިގެން ޖަލްސާތަކަށް ދިޔުން އެއީ އާދައެއް. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ކުޑަކުދިން ދާނެ،" ނިހާން ވިދާޅުވި އެވެ.
ސިޔާސީ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރި ކުރާ މައްސަލާގައި ރައީސް ޔާމީންވެސް އިއްޔެ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
PPM in Abdhauves Edhenee 18 aharu nuvaa kuda kudhin Siyaasee Ehvves badhalu vumakah nugenaun. Namaves Atoll thakuge Rahthakuga dharifulhu govaigen jalsaa thakah dhiun eiee aadha eh. Khaasa Koh Raeesul Jumhooriyyaa Rashah Vadai gathumun Maruhabaa kiyan kuda kdhin dhaane. ????????pic.twitter.com/5gnl14pHnC
— Ahmed Nihan (@ahmed_nihan)September 3, 2018
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރަށްރަށަށް ވަޑައިގަތުމުން ރީނދޫ ކުލައިގެ ޓީޝާޓު ލައްވާފައި ކުޑަކުދިން މަރުހަބާ ދަންނަވަން ނުކުމެވަޑައި ގަންނަވާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެމަނިކުފާނު ވަޑައިގަންނަވާއިރު އެމަންޒަރު ނުފެންނާނެ ކަމަށެވެ.
" ދެ ނަމްބަރު ކެންޑިޑޭޓް އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓް ވަޑައިގަތީމަ މި ފެންނަނީ ތުއްތު ކުދިން ރީނދޫ ޓީޝާޓު ލައްވާފައި އިސްތިގުބާލުގައި. އަޅުގަނޑުމެން އެންމެންވެސް އެދޭ ކަމަކީ ސިޔާސީ މަސައްކަތްތައް ތުއްތު ކުދިންނަށް ނުބައްސާށޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ސެޕްޓެމްބަރ 3، 2018: އދ. މަހިބަދޫގައި މަގު ހެދުމުގެ މަސައްކަތް ނިމުން ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރި ވެޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް
ކުޑަކުދިން އެއްކޮށްފައި ވޯޓު ލީ ނަމަވެސް "އެމީހުން ޔާމިންބޭ ނޫން މީހަކު ނުދަންނާނެ،" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ސަލާން ކުރަން ދާ ސަފުތަކުން ކުޑަކުދިން، ގަނޑެއްގައި ކުރަހާލާފައި އެއާޕޯޓެއް އެމަނިކުފާނަށް ދެނީ އެހެންވެ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވެރިކަމަށް އައިސްފަ ކަންތައްތަކެއް ކޮށްދޭކަން ކުޑަކުދިންނަށްވެސް އެނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މާލޭގައި ތިއްބަސް ރަށުގައި ތިއްބަސް ހިތްފަސޭހަ ކަމާއެކު އުޅޭނެ ތަންތަން މި ވެރިކަމުގައި އުފައްދައިފިކަން ކުޑަކުދިން ގަބޫލުކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.