03 Sep 2018, 21:08
އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހްމަދު ސަރީރާ ބައްދަލު ކުރައްވައިފި އެވެ.
މިއަދު ހެދުނު ފޮރިން މިނިސްޓްރީގައި އޮތް މި ބައްދަލު ކުރެއްވުމުގައި ދެގައުމު ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރާނެ ގޮތްތަކާ މެދު ވަނީ މަޝްވަރާ ކުރައްވާފައެވެ.
ޑޯރިސް ވަނީ ކުރިއަށް އޮތް ރިޔާސި އިންތިހާބާ ގުޅޭގޮތުން ފޮރިން ސެކްރެޓަރީ އާ މަޝްވަރާ ކުރައްވާފައެވެ.
ޑޯރިސ މިއަދު ފޮރިން ސެކްރެޓަރީ އާ ބައްދަލު ކުރެއްވި އިރު ގޭ ބަންދުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދައިރާ މެމްބަރު އަހްމަދު މަހުލޫފާވެސް މިއަދު ބައްދަލު ކުރެއްވި އެވެ.