21 Sep 2011, 19:55
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި އެކޮމިޝަނުގެ ވެބްސައިޓް އިފްތިތާހް ކުރުން މިއަދު ހަވީރު ނަސަންދުރަ ޕެލެސް ހޮޓެލްގައި ބާއްވައިފި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނުގެ ރައީސް ބަދުރުއް ނަސީރު ވިދާޅުވީ ބްރޯޑް ކާސްޓިން ކޮމިޝަނުގެ މަސައްކަތްތައް މިއަދު އިފްތިތާހު ކުރި ސްޓްރެޓްރެޖިކް ޕްލޭނަކާ އެއްގޮތަށް ކުރިއަށް ގެންދެވުމަށް ކޮމިޝަނުގެ މެންބަރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މައިގަނޑު ހަ ޕޮލިސީއެއްގެ މައްޗަށް އެކުލަވާލާފައިވާ އެ އެކްޝަން ޕްލޭންގައި ހިމެނެނީ ރާއްޖޭގައި ހިޔާލް ފާޅުކުރުމުގެ މިނިވަންކަން ޒިންމާދާރު ގޮތެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭނެ ނިޒާމެއް ތަފާތު ހިދްމަތް މެދުވެރިކޮށް ގާއިމް ކުރުމާއި މުޅިރާއްޖެ އަށް ބްރޯޑް ކާސްޓިން ހިދުމަތް ފޯރުވައި ދިނުމާއި، ރާއްޖޭގެ ބްރޯޑް ކާސްޓް ކުރުމުގެ ސިނާއަތަކީ އަމިއްލަ އުފެއްދުންތަކަށް އިސްކަންދޭ ދިވެހި ވަންތަ ސިނާއަތަކަށް ހެދުމާއި، ބްރޯޑް ކާސްޓްކުރުމުގެ ދާއިރާއަކީ ފެންވަރު ރަނގަޅު އަތްފޯރާ ފަށުގައި ހިދުމަތް ދެވޭނެ ދާއިރާއަކަށް ހެދުމާއި އިންވެސްޓް ކުރާ ފަރާތްތަކަށް އިންސާފްވެރި މާހައުލެއް ގާއިމްކުރުމާއި އަދި ބްރޯޑް ކާސްޓް ދާއިރާ ބެހޭ ގޮތުން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އާއްމުންގެ މެދުގައި ހޭލުން ތެރިކަން އިތުރުކުރުމެވެ.