އދ. މަހިބަދޫގައި ކުރިއަށް ގެންދިޔަ މަގުހެދުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށް އެ މަގުތައް ރަސްމީކޮށް ހުޅުވައިފި އެވެ.

މަހިބަދޫ މަގުތައް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

މަހިބަދޫ މަގުހެދުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ އެމްއާރުޑީސީ އާ ހަވާލުކޮށްގެންނެވެ. އެ މަޝްރޫއުގެ ދަށުން އެ ރަށުގެ 21 މަގެއް ވަނީ ޒަމާނީ ފެންވަރަށް ގާ އަތުރައިގެން ތަރައްގީކޮށްފަ އެވެ.

މަހިބަދޫ މަގުހެދުމުގެ މަޝްރޫއަށް 32 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. އެ ރަށުގައި ތަރައްގީ ކުރި މަގުތަކުގެ ޖުމްލަ ތިން ކިލޯ މީޓަރަށް އަރަ އެވެ.