އަރިއަތޮޅާއި ނިލެންދެ އަތޮޅުގެ ދެކުނު ބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އދ. ދަނގެތީގެ ބަނދަރު ހުޅުއްވައިދެއްވައި އެ ރަށުގައި ގާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވާނެ އެވެ.

އަދި އެ އަތޮޅު މަހިބަދޫއަށް ވަޑައިގެން އެ ރަށުގެ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރައީސްގެ މިދަތުރުފުޅުގައި އދ. މާމިގިއްޔަށް ވަޑައިގެން އެ ރަށުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިދަތުރުފުޅުގައި އއ. މަތިވެރިއަށާއި އއ. ތޮއްޑޫއަށާއި ދ. ކުޑަހުވަދޫއަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ވަނީ މިދިޔަ ހަފްތާ ފާދިއްޕޮޅަށް ވެސް ދަތުރުފުޅެއް ކުރައްވައިފަ އެވެ.