ރާއްޖޭގެ ގައުމީން ޔުނިވާސިޓީ (އެމްއެންޔޫ)އިން 781 ދަރިވަރުންް ދަސްވެނިވެއްޖެއެވެ.

ސިނަމާލެ ބުރިޖުގައި ރޭ ބޭއްވި ދަސްވެނިވުމުގެ ހަފްލާގައި ފަސް ދަރިވަރަަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްވާ އެވޯޑްވެސް ވަނީ އަރުވައިފަ އެވެ. އެ ދަރިވަރުންނަށް އެ އެވޯޑްތައް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއެވެ.

އެ އެވޯޑް އަރުވައިފައިވަނީ އެކި ކޯސްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައި ހުރިހާ މާއްދާއަކުން ފާސްވެ އަދި ސިޖީޕީ 3.5 ން މަތިން ހޯދައިފައިވާ ދަރިވަރުންނަށެވެ.

ސިނަމާލެ ބުރިޖުގައި ރޭ ބޭއްވި ގައުމީ ޔުނިވާސީޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައީސްގެ އެވޯޑް ހާސިލްކުރި ދަރިވަރުން

ފާތިމަތު އާތިރާ- ގުލްދަމްގެ، ސ. ހިތަދޫ (މާސްޓާސް އޮފް ދިވެހި ލެންގުއޭޖް އެންޑް ކަލްޗާ)

އައިމިނަތު ސަމްހާ އަބަދުލްރައްޒާގު -ބީޗްހައުސް، ޅ. ހިންނަވަރު (ބެޗެލާސް އޮފް ޓީޗިން ސެކަންޑްރީ ދިވެހި ލެންގުއޭޖް އެންޑް ލިޓްރެޗާ)

މުހައްމަދު ރިޔާޒް- އަސްރަފީގެ، ފ. މަގޫދޫ (މާސްޓާސް އޮފް އެޑިއުކޭޝަން ދިވެހި ލެންގުއޭޖް ޓީޗިން)

އަހުމަދު އަބްދުލްމަތީން- ބަސަރާ، ތ. ވިލުފުށި (މާސްޓާސް އޮފް ލޯސް)

އައިޝަތު ރަޝީދު- މައުވާ، ސ. ހިތަދޫ (މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން)

ސިނަމާލެ ބުރިޖުގައި ރޭ ބޭއްވި ގައުމީ ޔުނިވާސީޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

ރޭގެ ރަސްމިއްޔާތުގައި ހަތް ފެކަލްޓީއަކުން ޑިގްރީ އަދި މާސްޓާސް ކޯސްތައް ފުރިހަމަކުރި 361 ދަރިވަރަކަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ފެކަލްޓީ އޮފް އާޓްސް، ފެކަލްޓީ އޮފް އެޑިއުކޭޝަން، އިންޖިނިއަރިންގ ފެކަލްޓީ، ފެކަލްޓީ އޮފް ހެލްތު ސައިންސަސް، ފެކަލްޓީ އޮފް ހޮސްޕިޓަލިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ލޯ ސްޓަޑީޒްއާއި ސެންޓާ ފޯ އޯޕަން ލާނިން އަދި އެމްއެންޔޫ ބިޒްނަސް ސްކޫލު ހިމެެނެއެވެ.