މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ރީރެޖިސްޓްރީވި މީހުންގެ އަދަދަށް ބަލައި، މާލޭގައި ބަހައްޓާ ހަތް ވޯޓު ފޮށްޓަކަށް އިލެކްޝަންސް ކޮމިޝަނުން ބަދަލުގެނެސްފި އެވެ.

ވޯޓު ފޮށިތަކަށް ބަދަލު ގެނެސްފައި ވަނީ:

  1. ހުޅުމާލެ އެހެނިހެން – 4 (ހުޅުމާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީހުން ވޯޓުލާ ހަތަރު ވަނަ ފޮށި) ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން ހުޅުމާލެ، އެހެނިހެން- 8 (ރެހެންދި ސްކޫލް،ހޯލުގެ އިރުމަތި) ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް

  2. ވިލިމާލެ – 4 (ވިލިމާލޭގެ ހަތަރު ވަނަ ފޮށި) ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން ވިލިމާލެ - 3 (ވިލިނގިލި، ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒް ކޮމްޕައުންޑް އޭރިޔާ) ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް
  3. ވިލިމާލެ އެހެނިހެން – 4 (ވިލިމާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީީހުން ވޯޓުލާ ހަތަރު ވަނަ ފޮށި) ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން ވިލިމާލެ އެހެނިހެން - 2 (ވިލިނގިލި، ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީސް،1 ނަންބަރު ކްލާސްރޫމް)ގައި ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް
  4. ގަލޮޅު ދެކުނު – 5 (ގަލޮޅު ދެކުނުގެ ފަސް ވަނަ ފޮށި) ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން މާފަންނު މެދު - 2 (ހިރިޔާ ސްކޫލް، ކަނބާއައިސަރަނިހިނގުމުން 2 ނަންބަރު ގޭޓުން ވަދެގެންދާއިރު ހޯލުގެ މެދުގައި) ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް
  5. ހދ.އަތޮޅު މާލެ – 5) (މާލޭގައި ބަހައްޓާ ހދ. އަތޮޅުގެ ހަތަރު ވަނަ ފޮށި) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން ހދ.އަތޮޅު މާލެ - 4 (އިސްކަންދަރު ސްކޫލް،ޗާންދަނީމަގު 1 ނަންބަރު ދޮރޯށިން ވަދެގެންދާއިރު އިރުމަތީފަރާތު C1 ނަންބަރު ކުލާސްރޫމް ތެރޭގައި) ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް
  6. އދ. އަތޮޅު މާލެ – 3 (މާލޭގައި ބަހައްޓާ އދ. އަތޮޅުގެ ތިން ވަނަ ފޮށި) ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން އދ. އަތޮޅު މާލެ - 1 (ޖަމާލުއްދީންސްކޫލް، ރަށްދެބައިމަގުން 1 ނަންބަރު ގޭޓުން ވަދެގެންދާއިރު ހޯލުގެ ދެކުނު) ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް
  7. ލ. އަތޮޅު މާލެ – 4 (މާލޭގައި ބަހައްޓާ ލ. އަތޮޅުގެ ހަތަރު ވަނަ ފޮށި) ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން ލ. އަތޮޅު މާލެ - 3 (ވިލާ ކޮލެޖު، ކްލާސްރޫމް 16) ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް

މީގެ އިތުރުން ހުޅުމާލޭގައި ރީ-ރަޖިސްޓްރޭޝަނަށް ފަހު، އެ އަވަށު ހަތް ނަމްބަރު ފޮއްޓަށް ރަޖިސްޓްރީވި މީހުންގެ އަދަދު އިތުރުވެފައިވާތީ، ހުޅުހެންވޭރު-8ގެ ނަމުގައި އިތުރު ފޮއްޓެއް ބަހައްޓަން ވަނީ ނިންމާފަ އެވެ. އެ ބަދަލާއެކު ގާޒީ ސްކޫލުގައި ބަހައްޓާފައިވާ ހަތް ވަނަ ފޮއްޓަށް ވޯޓުލާނީ، އެ އަވަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި ހުޅުމާލޭގައި ދިރިއުޅޭ މައްޗަންގޮޅީ އަވަށުގެ މީހުންނެވެ. އަދި އެ ސްކޫލުގެ، ކޮމްޕައުންޑް އޭރިއާގެ ދެކުނު ފަރާތުގައި، އަލަށް ބަހައްޓަން ނިންމި އަށް ވަނަ ފޮއްޓަށް ވޯޓުލާނީ، ހުޅުމާލޭގައި ދިރިއުޅޭ މާލޭގެ އެހެން އަވަށްތަކުގެ މީހުންނެވެ.

ރިޔާސީ އިންތިހާބުގައި މާލޭގެ ރައްޔިތުން ވޯޓު ލުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 55 ފޮށި ބަހައްޓާ އިރު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުން ވޯޓުލުމަށް 67 ފޮށި ބަހައްޓާނެ އެވެ.