ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީސީގެ ބޯޑުން މުހަންމަދު ޝަފީގު (ސައްޕެ) ވަކިކޮށް އައްބާސް މުހަންމަދު ]ގައިޑެންސް އައްބާސް[ އެ މަގާމަށް މިއަދު އައްޔަންކޮށްފި އެވެ.

ސަރުކާރުގެ 60 ޕަސެންޓާއި އަދި އާންމު ރައްޔިތުންގެ 40 ޕަސެންޓް ހިއްސާވާ އެމްޓީސީސީގެ ބޯޑަށް ސަރުކާރުން އައްޔަން ކޮށްފައި ހުންނެވި ސައްޕެ ބޯޑުން ވަކިކުރިކަން އެ ކުންފުނިން މިއަދު ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެމްޓީސީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ސައްޕެ ވަކިކުރުމަށް ފަހު އެ މަގާމަށް ގައިޑެންސް އައްބާސް އައްޔަންކުރީ ސަރުކާރުގެ ނިންމުމުގެ މަތިން މިއަދު ކަމަށެވެ.