ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދު ހޯދުމަށް އެމަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހދ. އަދި ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

ޝަހީމްގެ ދަތުރުފުޅުގައި ހދ. އަތޮޅުން ވަޑައިގަންނަވާނީ ހަނިމާދޫ އާއި ކުޅުދުއްފުށި، ވައިކަރަދޫ، ނެއްލައިދޫ، ކުމުންދޫ، ނާވައިދޫ، ނޮޅިވަރަމް އަދި ކުރިނބީ އަށެވެ. ށ. އަތޮޅުން ވަޑައިގަންނަވާނީ ކޮމަންޑޫ އާއި ފޯކައިދޫ އަދި މަރޮއްޓަށެވެ.

އެ ރަށްރަށަށް ވަޑައިގެން ޝަހީމް، ރައްޔިތުންނަށް ބައްދަލުކުރައްވައި، ރައްޔިތުންގެ ހާލު ބެއްލެވުމަށް ދޮރުން ދޮރަށް ވަޑައިގަންނަވާނެ އެވެ.

ޝަހީމް ގެންދަވަނީ ކެމްޕެއިމް ދަތުރުފުޅުތަކުގައި އެކި އަތޮޅު ތަކަށް ވަޑައިގެން، ރައީސް ޔާމީނަށް ތާއީދު ހޯއްދެވުމަށް ރައްޔިތުންގެ އަރިހަށް ޒިޔާރަތް ކުރައްވަމުންނެވެ.