ބިދޭސީންގެ ވިސާ ފީ މަދުވެގެން ކޮންމެ ތިން މަހަށް ނޫން ގޮތަކަށް ބަލައި ނުގަންނަ ގޮތަށް ހަމަޖައްސައިފި އެވެ.

މިރާ އިން އާއްމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވިސާފީ ބަލައިގަންނަމުންދާ ގޮތަށް ބަދަލުގެނެސްފައިވާ ކަމަށާއި އެގޮތުން މިހާރު ވިސާ ފީ ބަލައިގެންނަމުން ގެންދާނީ ކޮންމެ ތިން މަހުން އެއް މަހު ކޮންމެ މަހަކަށް 250ރ. ރޭޓުން ކަމަށެވެ. އަދި ތިން މަހަށް ވުރެ ދަށްކޮށްފީ ބަލައިގަންނާނީ އެވަރުގެ މުއްދަތެއް ނެތް ފަރާތްތަކުން އެކަނި ކަމަށް ވެސް އިއުލާންގައިވެ އެވެ.

ކުރިން މަހަކު އެއްފަހަރު ދެއްކޭ ގޮތަށް ހަމަޖައްސާފައިވާ ފިސާ ވީ މިހާރު ކޮންމެ ތިން މަހަކުންނާއި ހަ މަހަކުންނާއި ނުވަ މަހަކުން އަދި އެއް އަހަރަށް ދެއްކޭނެ ކަމަށް ވެސް މީރާއިން ބުންޏެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެގޮތަށް ހަމަޖެއްސީ ސަރުކާރުގެ ޕޮލިސީއާ އެއްގޮތަށް އަމަލްކުރުމަށް ކަމަށާއި އެގޮތަށް ހަމަޖެހިގެން ދިއުމުން އާއްމު ފަރާތްތަކަށް އިތުރު ފަސޭހަ ތަކެއް ވެގެންދާނެ ކަމަށެވެ.

"ވޯކް ޕާމިޓްގައި އޮންނަ މުއްދަތަށް ވިސާ ފީ ދެއްކިދާނެ. ހާއްސަކޮށް ގޭގޭގައި ގެންގުޅޭ ބިދޭސީ މެއިޑުންގެ ވިސާ ދައްކާ ފަރާތްތަކަށް ވަރަށް ލުއިވެގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.