01 Sep 2018, 15:58
ހެންވޭރުގެ ގެއެއްގައި އަލިފާންރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ އަލިފާން ރޯވެފައި ވަނީ ހެންވޭރު ޝަހީދު އަލީ މިސްކިތް ކުރިމަތީ ހުރި ގެއެއްގައި ކަަމަށެވެ.

ހެންވޭރުގެ ގެއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެެރިވަނީ---
އެ ހާދިސާގެ މައުލޫމާތު ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 15:22ގައި ކަަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އެ އަލިފާން މިހާރު ކޮންޓްރޯލްް ކުރެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި ރޯވެފައި ވަނީ ލަކުޑިތަކެއްގައި ކަމަށާއި އަދި އެގޭގައި މީހަކު ނޫޅޭ ކަމަށެވެ.