ފެނުގެ ވިއުގަ އަޕްގްރޭޑްކުރުމުގެ ގޮތުން ވިލިމާލެއިން މާދަމާ ރޭ ފެނުގެ ހިދުމަތް ކަނޑާލާގޮތަށް ހަމަޖައްސައިފިއެވެ.

އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ބާޔާނުގައި ބުނީ ފެނުގެ ވިއުގަ އަޕްގްރޭޑްކުރަމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 10:00 ން މެންދަމު 01:00 އަށް ކަމަށެވެ.

" މިވަގުތު ތަކުގައި މުޅި ވިލިމާލެއިން ފެނުގެ ހިދުމަތް ކެނޑޭނެ." އެމްޑަބްލިއުއެސްސީގެ ބަޔާނުގައި ވެއެވެ.

ފެނުގެ ހިދުމަތަށް ބުރޫއަރާނެތި ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މާފަށް އެދޭ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.