31 Aug 2018, 22:34
މާލެއިން ކ. ގުރައިދުއަށް ދަތުރު ގޮސްގެން އުޅުނު މެދު އުމުރުގެ ފިރިހެނަކު، ގެނބިގެން މަރުވެއްޖެ އެވެ.
އެމީހާ މަރުވެފައި ވަނީ މިއަދު، ގުރައިދޫ މޫދަށް ކެނޯ ދުއްވަން އެރި އުޅުމުގެ ތެރޭގައި ކަމަށް އެ ރަށު ކައުންސިލުގެ ރައީސް ހުސައިން ޔާމީން މުހައްމަދު 'ސަން' އަށް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، އެ ހާދިސާ ހިނގީ މިއަދު ހަވީރު ކެނޯދުއްވަން އެ މީހާ އާއި އިތުރު ދެމީހަކު މޫދަށް އެރި އުޅުމުގެ ތެރޭގައި ކެނޯ ބަންޑުން ޖަހާލައިގެން ކަމަށެވެ.
"ފިޓް ޖެހޭ މީހެއް ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ. ސިއްހީ މަރުކަޒުން ބުނީ އެތަނަށް ގެންދިޔަ އިރު ވެސް އެމީހާ މަރުވެފައިވާ ކަމަށް." ގުރައިދޫ ކައުންސިލް ރައީސް ވިދާޅުވި އެވެ.
އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު ހަތަރެއް ޖަހާ އެހާއިރު އެވެ. މިހާރު އެމީހާ ވަނީ މާލެ ގެނެސްފަ އެވެ.
މަރުވި މީހާ އާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ނުލިބެ އެވެ.