31 Aug 2018, 11:11
ކައިވެންޏަށް ތައްޔާރުކަމަށް ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު ބަތަލު ވަރުން ދަވަން ބުނެފިއެވެ.
ވަރުން އާއި އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލްގެ ލޯބީގެ ގުޅުމުގެ ވާހަކަ މީޑީއާގައި ދައުރުވަމުން ދިޔަ ނަމަވެސް އެކަމާ ގޮތުން ވަރުން މީގެ ކުރިން ވާހަކަ ދައްކާފައެއް ނުވެއެވެ.
ފިލްމު ފެއާ މަޖައްލާއަށް ވަރުން ދިން އިންޓަވިއުގައި ފުރަތަމަ ފަހަރަށް ނަތާޝާ ގުޅޭ ގޮތުން ވާހަކަދައްކަމުން އޭނާ ބުނީ ނަތާޝާ އަކީ އޭނާއަށް ވަރަށް ހާއްސަ މީހެއް ކަމަށާއި މި ގުޅުމަކީ ވަރަށް އިތުބާރުހުރި ގުޅުމެއް ކަމަށެވެ.
"އަދި އަހަރެން މިހާރު ކައިވެންޏަށް ވެސް ތައްޔާރު. އެކަމަކު އަދި ކައިވެނި ކުރާނެ ތާރީހެއް ކަނޑައެއް ނާޅަން. އަހަރެން އެއްވެސް ވަރަކަށް ގަޔާވާ ކަމެއް ނޫން އެއީ މީހާގެ އަމިއްލަ ވާހަކަތައް މީޑިއާގައި ދެއްކުން،" ވަރުން ބުންޏެވެ.
ނަތާޝާއާއި ވަރުންގެ ގުޅުމަށް ގިނަ ދުވަސްތަކެއް ވެފައިވާއިރު ވަރުން ބުނީ އެ ގުޅުމަކީ އޭނާއަށް ވަރަށް މުހިއްމު ގުޅުމެއް ކަމަށާއި ނަމަވެސް މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ކެރިއަރަށް ކަމަށެވެ.
"ކެރިއަރު ކާމިޔާބު ކަމާ އެކީ ކުރިއަށް މިދަނީ ވެސް ނަތާޝާ އާއި އޭނާގެ އާއިލާގެ ވެސް އެއްބާރުލުމާ އެކު،"
ވަރުން ދެން އެންމެ އަވަހަށް ފެނިގެންދާނީ "ސުއީ ދާގާ" އިންނެވެ.