02 Jun 2010, 05:27
10:00
ހެންވޭރު ސޮނީ ސްޕޯޓްސް ކައިރީ ހުރި ގެއެއްގައި ކަރަންޓް ސޯޓެއް ވެގެން އަލިފާނުގެ ހާދިސާ އެއް ހިނގައި އެ ގޭގެ ބައެއް އެއްޗިއްސަށް ގެއްލުން ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ރޭ ނުވައެއް ޖަހާކަން ހާއިރު ހިނގި އެ ހާދިސާގައި އެގޭގައި ރޯވެފައިވަނީ ކަރަންޓް ސޯޓެއް ވެގެން ކަމަށާއި އަދި އަލިފާން ރޯވުމާއެކު އެގޭ ކޮޓަރި ތެރޭ ހުރި އަލަމާރީ އާއި ގޮދަޑީގައި ރޯވެފައިވާ ކަމަށެވެ. އެމްއެންޑީއެފުން ބުނީ ފަޔަރ ލޮރީ އެހިސާބަށް ދިޔައިރު އެމީހުންވަނީ އަލިފާން ގަނޑު ނިއްވާލާފައި ކަމަށެވެ. އަދި އެ ހާދިސާގައި އެގޭގައި އުޅޭ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.