ބާރަވަނަ ޤައުމީ ނެޓްބޯލް މުބާރާތުގެ ޗެމްޕިއަންކަން ކުޑަހެންވޭރު ސްޕޯރޓްސް ކުލަބުން ހޯދައިފި އެވެ.

ކުޑަހެންވޭރުން ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި ޒެފްރޯލް ސްޕޯރޓްސް ކްލަބާ ބައްދަލުކޮށް 31 ޕޮއިންޓް 40 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ރޭގެ ފަނަލްމެޗަށް ފަހު މުބާރާތުގެ ވަނަވަނަ އަށް އާފަރާތްތަކަށް ވަނީ ތައްޓާއި ސެޓްފިކެޓް ދެއްވާފަ އެވެ. އެގޮތުން މުބާރަތުގެ އެންމެ މޮޅު ހަތް ކުޅުން ތެރިން ނަކީ، ރީމް ޝާމް އާއި އައިޝަތު ރީމާ އާއި އައިމިނަތު ނަޒްރާ އާއި އީމާ އަބްދުއް ސައްތާރާއި އައިމިނަތު ސަމާ އާއި ފާތުމަތު ނާޒިމާ އަދި ޒުހުދާ ޒަކީ އެވެ.

ޖުމްލަ ތިން ޓީމާ ވަދަކުރި، މިމުބާރަތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަކީ މިފަހަރުގެ މުބާރާތުން އެންމެ ފުރަތަމަ ކެޓި ގްރީން ސްޓްރީޓެވެ.