ސެމްސަންގުން އެންމެ ފަހުން ބާޒާރަށް ނެރުނު ސެމްސަންގު ގެލެކްސީ އެސް9 ފޯނު މާދަމާރޭ ދިރާގުން ވިއްކަން ފަށާނެއެވެ.

މި ފޯނު ރާއްޖެއަށް ތައާރަފުކޮށް ވިއްކަން ފެށުމަށް ދިރާގުން މާދަމާރޭ ހާއްސަ ހަފްލާއެއް ބާއްވާނެއެވެ. މި ހަފުލާގައި ދިރާގު މެދުވެރިކޮށް ފޯނުތައް ޕްރީއޯޑަރު ކުރި ކަސްޓަމަރުންނަށް ފޯނު ހަވާލުކުރާނެއެވެ.

ދިރާގު މެދުވެރިކޮށް ނޯޓް9 އަށް ޕްރީ އޯޑަރު ދިން މީހުންނަށް އަންނަ ހަފްތާ އިން ފެށިގެން ފޯނު ހަވާލު ކުރާނެއެވެ.

ދިރާގު މެދުވެރިކޮށް ނޯޓް9 ނަގާ ކަސްޓަމަރުންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހެއްގައި ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން އޭކޭޖީ ބްރޭންޑްގެ ބްލޫޓޫތް ސްޕީކަރެއްވެސް ޕްރީ އޯޑާ ކުރި ކަސްޓަމަރުންނަށް ލިބޭނެއެވެ.

ސެމްސަންގް ފަހުގެ މި ފޯނު އަމިއްލަ ފުޅަށް ޓެސްޓް ކުރުމުގެ އިންތިޒާމު މިހާރުވެސް ދިރާގު ހެޑް އޮފީހުގެ އެކްސްޕީރިއަންސް ސެންޓަރގައި ވަނީ ހަމަޖައްސާފައިއެވެ.

ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓާ އެވެ. ދިރާގުން 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ގުޅިގެން ދަނީ ރާއްޖޭގައި ސެމްސަންގް ގެ ފޯނުތައް ރަސްމީ ކޮށް ތައާރަފު ކުރަމުންނެވެ.