21 Sep 2011, 11:17
ޅ. ކުރެންދޫ ފިހާރައަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި 17 އަހަރުގެ ކުއްޖަކު ޅ. ނައިފަރު ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެފިހާރަ އިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ހޯދާފައިވާ ކަމުގައި ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ އެ ރަށު "ބުލޫ ސްޕޮޓް" ފިހާރަ އިން ވައްކަން ކޮށްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރު އެފިހާރައިގެ ފުރާޅުން ޓިނުނަގައިގެން ކަމުގައި ބެލެވޭ ކަމަށެވެ.
ކުރެންދޫ ބުލޫސްޓޯން ފިހާރައިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ވަރަށް ގިނަ އަދަދެއްގެ ތަކެތި އެފިހާރަ ފަޅާލިކަމަށް ބެލެވޭ ކުއްޖާގެ ކޮޓަރިން ފެނިފައިވާ ކަމަށާއި މީގެ އިތުރަށް ވެސް ވައްކަން ކުރަން ބޭނުންކުރުމަށް ބޭނުންވާ ބައެއްސާމާނު އެ ކޮޓަރިން ފެށިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ނައިފަރު ޕޮލިސްސްޓޭޝަނުން ބުނީ އެ މައްސަލަ އަދި ވެސް އިތުރަށް ތަހްޤީގް ކުރަމުންގެންދާ ކަމަށެވެ.