30 Aug 2018, 09:33
ސެމްސަންގުން ބާޒާރަށް ނެރޭ ފުރަތަމަ 8ކޭ ކޮލެޓީގެ ޓީވީ އަންނަ މަހު ބާޒާރަށް ނެރެން ތައްޔާރު ވެއްޖެ އެވެ. މި ޓީވީ އާންމުކޮށް ދައްކާލަން ނިންމާފައި ވަނީ މިހަފްތާ އޮންނަ އައިއެފްއޭ 2018 ގަ އެވެ.
ސެމްސަންގުގެ 8ކޭ ޓީވީ ބާޒާރަށް ނެރޭއިރު، 65 އިންޗީގެ ޓީވީ އާއި 75 އިންޗި، 82 އިންޗި އަދި 85 އިންޗީގެ ޓީވީ ބާޒާރަށް ނެރޭނެ އެވެ.
މި ޓީވީއަކީ 4،000 ނިޓްސް އަށް ބްރައިޓްނެސް ބެހެއްޓޭނެ އެޗްޑީއާރު10+ ފޯމެޓް ސަޕޯޓު ކުރާ ޓީވީ އެކެވެ. 8ކޭ ކޮލެޓީގެ ކޮންޓެންޓް އަދި އާންމުކޮށް ނުދައްކާތީ، ސެމްސަންގުން ނިންމާފައި ވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މި ޓީވީ ގަންނަ މީހުންނަށް 8ކޭ ކޮލެޓީ ގައި ޓީވީ ބެލޭނެ ގޮތް ފަހިކޮށްދޭށެވެ.
މިޓީވީގެ އަގު އަދި އާންމުކޮށްފައެއް ނުވެ އެވެ. އަންމަ މަހުގެ ފަހުކޮޅަށް ދާއިރު މި ޓީވީ ބާޒާރުގައި ހުންނާނެ އެވެ.