ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕާޓްނަރުންގެ ގޮތުގައި އިތުރު ތިން ކުންފުންޏަކުން މިއަދު ސޮއި ކޮށްފި އެވެ.

މަޓާޓޯ އިން މިއަދު ސޮއި ކުރި ތިން ޕާޓްނަރުންނަކީ؛

  • ހޯސްޓް ޕާޓްނާ: އެޗްޑީސީ

  • މާކެޓިން ޕާޓްނާ: ފީލް މޯލްޑިވްސް
  • އިވެންޓް ޕާޓްނާ: އޮބްޖެކްޓް

އިތުރު ތިން ޕާޓްނަރުންނާއި އެކު މަޓާޓޯ އިން ސޮއި ކުރި އިރު، ޓްރެވަލް އެވޯޑްސްގެ ދަށުން ދެމުން އަންނަ ގެސްޓްހައުސް އެޑިޝަން ހުކުރު ދުވަހުގެ ރޭ އޮންނާނެ އެވެ. އެ ރަސްމިއްޔާތު އޮންނާނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ކަމަށް މަޓާޓޯ އިން ބުނެ އެވެ.

ހުކުރު ދުވަހުގެ ރޭ ދޭ އެވޯޑުތަކަށް، ރާއްޖޭގެ 60 އެއްހާ ގެސްޓްހައުސް ކުރިމަތިލާފައި ވެއެވެ. މަޓާޓޯއިން ކުރިން ބުނި ގޮތުގައި 15 ކެޓަގަރީއަކުން 111 ނޮމިނޭޝަނެއް ރަޖިސްޓާކޮށްފައި ވެއެވެ.

މިއަހަރަކީ، "ސަން" އިން މީޑިއާ ޕާޓްނަރުކަން ނަގާފައިވާ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބާއްވާ ހަތް ވަނަ އަހަރެވެ. ގެސްޓްހައުސް އެޑިޝަނަކީ މިއަހަރުގެ އެވޯޑްސްގެ ފުރަތަމަ ހަރަކާތެވެ.

ޓްރެވަލް އެވޯޑްސްގެ އިތުރު ޕާޓްނަރުންނަކީ؛

  • ޕްލެޓިނަމް ޕާޓްނާ: އުރީދޫ މޯލްޑިވްސް

  • ގޯލްޑް ޕާޓްނާ: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ
  • ގޯލްޑް ޕާޓްނާ: އެލިއާ
  • ސިލްވާ ޕާޓްނާ: އެލައިޑް އިންޝުއަރަންސް
  • ޕްރިންޓިން ޕާޓްނާ: ޕްރިން ޓްލެބް
  • ފޮޓޯގްރަފީ ޕާޓްނާ: ޑިޖިޓަލް ސްޓޫޑިއޯ
  • އޮންލައިން މީޑިއާ ޕާޓްނާ: ސަން އޮންލައިން
  • ޓްރެވަލް މީޑިއާ ޕާޓްނާ: މޯލްޑިވްސް އިންސައިޑާ
  • ޑިޖިޓަލް ޕާޓްނާ: ކޯޑްފްލައި
  • އެޑްވަޓައިޒިންގް ޕާޓްނާ: ބްލަކް

ޓްރެވަލް އެވޯޑްގެ ގާލާ އެޑިޝަން އޮންނާނީ ފަހުގެ ތަރީހެއްގަ އެވެ. އަދި ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަނުގެ އެވޯޑުތައް ދިނުން އޮންނާނީ ވެސް ގަލާ އެޑިޝަންގަ އެވެ.

އޭގެ އިތުރުން މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާއާ އެކު، މަޓާޓޯ މޯލްޑިވްސް ޓްރެވަލް ކޮންފަރަންސް އޮންނާނެ އެވެ. އެ ކޮންފަރެންސަކީ މީގެ ތިން އަހަރު ކުރިން ފެށިގެން، ޓްރެވަލް އެވޯޑްސްގެ ގަލާ ވިލޭރޭ، ޓޫރިޒަމް ދާއިރާގެ އިސްވެރިން އެއް ތަނަކަށް އެއްވެ، މަޝްވަރާ ކުރަން ބާއްވާ ބައްދަލުވުމެކެވެ.