21 Sep 2011, 09:55
ތިން މީހުންނާ އެކު ރ. އަތޮޅު އަލިފުށިން މިދިޔަ ހޮނިހިރު ދުވަހު ފަރު މަހަށް ނުކުތް، އެ ރަށު ޝޭޑީރައުންޑް، އަލީ ހަސަންގެ "ޝޭޑީ" ދޯނީގެ ޙަބަރެއް ނުވެގެން ކޯސްޓްގާޑުން އެ ދޯނި ހޯދަނިކޮށް ފެނިއްޖެ އެވެ.
އެ ދޯނި ފެނިފައި ވަނީ އިއްޔެ ހަވީރު ގާތްގަނޑަކަށް 4:30 އެހާކަންހާއިރު ކަމަށް ކޯސްޓްގާޑުން ބުންޏެވެ. އަދި އެ ދޯނީގެ ޚަބަރެއް ނުވެ ލަސްވީ ރޭންޖް ނުލިބޭ ސަރަހައްދެއްގައި ވުމުން ކަމަށާއި ދޯނި އިއްޔެ ހަވީރު 5:00ގައި އަލިފުއްޓަށް ގޮސްފައިވާ ކަމަށް ވެސް ކޯސްޓްގާޑުން ބުންޏެވެ.
އެ ދޯނިން ދަތުރުކުރި ތިން މީހުންގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ވެސް ކޯސްޓްގާޑުން ބުންޏެވެ.