Back
Nov 24, 2025 SUN
SUN

ބްރިޖު މަތީގައި ކުރާނީ ފަސް ކައިވެނި!

ބްރިޖު މަތީގައި ކުރާނީ ފަސް ކައިވެނި!
Lead photo

މާލެ އާއި ހުޅުލެ ގުޅާލުމަށް، އަޅާފައިވާ ސިނަމާލެ ބްރިޖު މަތީގައި ކުރުމަށް ހަމަޖެހިފައިވަނީ ފަސް ކައިވެންޏެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، ބްރިޖު މަތީގައި ކުރާ ކައިވެނިތައް އޮންނާނީ ހުކުރު ދުވަހު ކަމަށެވެ.

ސިނަމާލެ ބްރިޖު މަތީގައި އަލަތު ކައިވެނިކުރަން ފުރުސަތު ދިނުމަކީ ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދެކެވެ. ބްރިޖު މަތީގައި ކައިވެނި ކުރަން ބޭނުންވާ އާންމުންނަށް އެ ފުރުސަތަށް އެދުމަށް، ހައުސިން މިނިސްޓްރީން ކުރިން ހުޅުވާލި އެވެ.

މާދަމާ ރޭ ރަސްމީކޮށް ހުޅުވާ ސިނަމާލެ ބްރިޖު މަތީގައި ބާއްވާ ކައިވެނި ހަފްލާތައް އޮންނާނީ، ހުކުރު ދުވަހުގެ ހަވީރު ހަތަރަކުން ހަޔަކަށެވެ. އަދި އެރޭގެ 21:00 އާ ހަމައަށް ފޮޓޯ ނެގުމުގެ ފުރުސަތު ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކައިވެނި ހަފްލާގެ ސައިގެ ކަންތަކާއި ފޮޓޯނެގުން އަދި ޑެކަރޭޝަނަށް ހަރަދު ކުރާނީ ސަރުކާރުންނެވެ. ބްރިޖް މަތީގައި އޮންނަ ކޮންމެ ކައިވެނި ހަފްލާއެއްގައި ވެސް ބައިވެރިވެވޭނީ 50 މީހުންނަށެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics