ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ނ. ވެލިދޫ އަށް އިއްޔެ ކުރެެއްވި ދަތުރުފުޅާ ދިމާކޮށް އެ ރަށުން ހައްޔަރުކުރި ތިން މީހުން ދޫކޮށްލައިފި އެވެ.

ވެލިދޫ ކައުންސިލުގެ މެންބަރަކު ވިދާޅުވީ އެރަށުން އިއްޔެ ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު ރޭ ދޫކޮށްލި ކަމަށާއި އަނެއް މީހާ ދޫކޮށްލީ ފަތިހު ކަމަށެވެ.

އެމީހުން ހައްޔަރު ކުރީ ކީއްވެކަން ސާފު ނުވާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

"ސީދާ ކީއްވެ ކަމެއް ނޭނގެ. ބޮޑަށް ބެލެވެނީ ރައީސް ވަޑައިގެންނެވި އިރު ބޮޑު ސަރަހައްދެއް ވެސް ބަންދުކޮށްފައި އޮއްވާ ހިނގި ކަމެއް ކަމަށް،"

ވެލިދޫ އިން ތިން މީހަކު ހައްޔަރު ކުރި މައްސަލާގައި ފުލުހުންގެ ބަހެއް ނުލިބެ އެވެ.