މާލޭގައި ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މާފަނު ސަހަރާ ކައިރީގައި ކަމަށެވެ.

އެ ހަމަލާގައި ތިން މީހަކަށް ޒަހަމްވި އިރު އެމީހުން މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. އޭގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަަސް ކަމެއް ނުވަތަ ނޫން ކަމެއް އަދި ކަށަވަރުކުރެވިފައި ނުވެ އެވެ.

އެ މައްސަލައާ ގުޅިގެން ކުށުގެ ވެށިން ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފައެވެ.