02 Jun 2010, 05:26
10:00
އިސްލާމެއް ނޫން ކަމަށް ބުނެ އިއުލާންކުރި މައްސަލައިގައި ފުލުހުން ހައްޔަރުކުރި މުހައްމަދު ނާޒިމް ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ނާޒިމް ދޫކޮށްލާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ ޑރ. ޒާކިރު ނައިކްގެ ދަރުސްގައި އެގާރަހާހެއްހާ ދިވެހިންގެ ކުރިމަތީގައި އިސްލާމެއްނޫން ކަމަށް ބުނެ އަމިއްލައަށް އިޢުލާން ކުރި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި މުހައްމަދު ނާޒިމް ބަންދުން ދޫކޮށްލާފައި މިވަނީ އޭނާ ދޫކޮށްލުމަށް ޖިނާއީ ކޯޓުން އިއްޔެ އަމުރެއް ނެރެފައި ވަނިކޮށެވެ.
ޖިނާއީ ކޯޓުން އެ އަމުރު ނެރެފައިވަނީ އެ މައްސަލަ އާ ގުޅިގެން ފަސް ދުވަހުގެ މުއްދަތައް ނާޒިމް ބަންދުކުރުމަށް ޖިނާއީ ކޯޓުން ނެރެފައިވާ އަމުރުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހެޅުމުން، ޖިނާއީ ކޯޓުގެ އިސް ގާޒީގެ އަރިހުގައި ނާޒިމް ޝަހާދަތުގެ ދެ ކަލިމަ ކިޔާ އިސްލާމްދީނަށް އެބުރި ރުޖޫޢަވެފައިވާތީ ކަމަށެވެ. އަދި ރައްޔިތުންގެ ކިބައިން މާފަށް އެދި ރާއްޖޭގެ މީޑިއާގައި އެކަން އިއުލާން ކޮށްފައިވާތީ ނާޒިމް ބަންދުން ދޫކުރުމަށް ޖިނާއީ ކޯޓުން ކޮށްފައިވާ އަމުރު ބާތިލުކޮށް އޭނާ މިނިވަންކުރުމަށްވެސް ޖިނާއީ ކޯޓުގެ އެ އަމުރުގައިވެ އެވެ.