27 Aug 2018, 18:46
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް އެގައުމުގެ ދިދައިގެ ކުލަތަށް އެނގިވަޑައިނުގަތުމުން ފަޑުކިޔުން އަމާޒުވެއްޖެއެވެ.
އެމެރިކާގެ އޮހާޔޯގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ކުރެއްވި ޒިޔާރަތެއްގައި ޓްރަމްޕް ވަނީ ހޮސްޕިޓަލުގައި ތިބި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައިފައެވެ. އެ ވަގުތުކޮޅުގައި ޓްރަމްޕް ވަނީ އެކުދިންނާއެކު އެމެރިކާގެ ދިދައިގައި ކުލަ ޖައްސަވައިފައެވެ.
އެ ދުވަހުގެ މަންޒަރުތައް ޓްވިޓާގައި އާންމުކޮށްފައިވާއިރު ފޮޓޯ އިން ފެންނަނީ އެމެރިކާގެ ދިދައިގައި ހުންނަ ހުދާއި ރަތްކުލައިގެ ރޮނގުތަކުގައި ނޫކުލަ ވެސް އިތުރުކުރައްވާ ކުލަ ޖައްސަވާތަނެވެ.
The President has colored his flag wrong.
That is all.pic.twitter.com/wWXBgR9I6V— Talia (@2020fight)August 25, 2018
ޓްރަމްޕް ކުލަ ޖައްސަވާ ފޮޓޯ ސޯޝަލް މީޑިއާގައި ވައިރަލްވެ ގިނަ ބަޔަކު ވަނީ ޓްރަމްޕް އަށް ފާޑުކިޔައިފައެވެ. ގައުމުގެ ރައީސް އަށް އެ ގައުމުގެ ދިދަ ނޭނގުމަކީ ވަރަށް ދެރަކަމެއް ކަމަށާއި އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަނެއް ބަޔަކު ބުނަނީ ޓްރަމްޕް ރަޝިއާގެ ދިދައިގައި ކުލަ ޖެއްސެވީ ކަމަށެވެ. އަދި އެތަނުގައި ތިބި ކުޑަކުދިންގެ ކުލަޖެއްސުން ޓްރަމްޕް ކޮޕީކުރެއްވީ ކަމަށްވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.